އިންޑަސްޓްރިއަލް ސަރަހަދުގައި އާންމު ފަރާތްތަކުން އުޅަނދު ޕާކުނުކުރުމަށް އަންގައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހިމެނޭ ޕާކިންގ ލޮޓްތަކުގައި އާންމު ފަރާތްތަކުގެ ވެހިކަލް ޕާކުނުކުރުމަށް ހައުސިން މިނސްޓްރީން އަންގައިފިއެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ...

09 Mar 2022 | 09:03

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހިމެނޭ ޕާކިންގ ލޮޓްތަކުގައި އާންމު ފަރާތްތަކުގެ ވެހިކަލް ޕާކުނުކުރުމަށް ހައުސިން މިނސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހިމެނޭ ޕާކިންގ ލޮޓްތަކަކީ (ލޮޓް ނަންބަރ 41-122 އަށް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެވީ ވެހިކަލްތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ލޮޓްކަމުގައިވާތީ މިޕާކިންގ ލޮޓްތައް އާންމު ފަރާތްތަކުގެ ވެހިކަލް ޕާކުކުރުމަށް ބޭނުންނުކުރުމަށެވެ.

އެގޮތުން އާއްމު ފަރާތްތަކުން އެ ސަރަޙައްދުގައި ވެހިކަލް ބަހައްޓަވާފައިވާނަމަ މިއަދުން ފެށިގެން 3 (ތިނެއް) ދުވަސް ތެރޭ މި ވެހިކަލްތައް ނެގުމަށް އެ މިނިސްޓްރީން އަންގައެވެ. އެ މިނިސްޓްރީން ބުނީ މި މުއްދަތުގެ ފަހުން މިގޮތަށް ބަހައްޓާފައިހުރި އާއްމު ފަރާތްތަކުގެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ މިނިސްޓްރީން ކުރިއަށް ގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް