އެމްޕީއެލްއިން އަންހެން މުވައްޒަފުންނަށް ހާއްސަކޮށް ދެ އެވޯޑެއް!

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމި...

09 Mar 2022 | 08:10

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެއް ދީފިއެވެ.

މާރޗު މަހުގެ 8 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި މި ހަފްލާގައި މި އެވޯޑްތައް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ އެވޯޑް ޖުމްލަ 12 އަންހެން ބޭފުޅުން ހާސިލްކޮށްފައިވާއިރު މީގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ދުވަހަށް ވުރެ ގިނައިން ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ހިމެނެއެވެ. މި ހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް އެމްޕީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތްކޮށް ހޯއްދެވީ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއަރ ޗީފް މެނޭޖަރ ރަޒިއްޔާ މޫސާއެވެ.

ކުންފުންޏަށް ގިނަ ދުވަސް ހިދުމަތް ކޮށް އެވޯޑް ހޯދި ފަރާތްތައް:

• ރަޒިއްޔާ މޫސާ – ސީނިއަރ ޗީފް މެނޭޖރ – ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

• ފާތިމަތު ސާދުނާ – ސީނިއަރ މެނޭޖަރ – ފައިނޭންސް ޑިޕާޓްމަންޓް

• ފާތިމަތު ބަދޫރާ – މެނޭޖަރ  -  މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް

• ރަހުމަތު – ސީނިއަރ މެނޭޖަރ – ފައިނޭންސް ޑިޕާޓްމަންޓް

• ފާތިމަތު އަލީ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރ -  އެޗް.އާރު. ޑިޕާޓްމެންޓް

• ފާތިމަތު ނާޝިދާ – ސީނިއަރ މެނޭޖަރ - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް

• ފާތިމަތު ނާޒިމާ – މެނޭޖަރ – މާލެ ނޯތް ހާރބަރ

• އަޒްލީމާ އަބްދުލް ސަމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ – ސެކިއުރިޓީ، ސޭފްޓީ އެންޑް އިމަރޖެންސީ ސާރވިސަސް

• އަމީޒާ އަލީ – ސީނިއަރ މެނޭޖަރ  - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް

• ބިޝާރާ އަބްދުލްލަތީފު – އޮފީސް އެޓެންޑެންޓް – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

• އައިޝަތު ސުނީޒާ – ސީނިއަރ މެނޭޖަރ – ހުޅުމާލެ ޓާރމިނަލް އޮޕަރޭޝަންސް

• އައިޝަތު ޝިމްލާ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރ – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މީގެ އިތުރުން، ރޭ ބޭއްވި ހަފްލާގައި ވަނީ ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އެކި ފަރާތައް ހާއްސަ ސެކްރެޓޭރިއެޓް އެވޯޑެއް ދީފައެވެ. ޖުމްލަ 4 އަންހެން ބޭފުޅަކު ސެކްރެޓޭރިއެޓް އެވޯޑް ހާސިލްކޮށްފައިވެއެވެ.

އޭގެތެރޭގައި، ހިމެނެނީ، ފާތިމަތު ސިޔާނާ، ހިއުމަން ރިސޯސަސް ޑިވިލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ، އެޗް.އާރު ޑިޕާޓްމެންޓް، މަރިޔަމް ފަރީޝާ، ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް، އައިޝަތު އަރީން އިލްޔާސް، ޑިސިޕްލެނެރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ، އެޗް.އާރު ޑިޕާޓްމެންޓް

އަދި ސުހާ ޝަރީފު، އިންޓަވިއު ޕެނަލް ސެކްރެޓަރީ، އެޗް.އާރު ޑިޕާޓްމެންޓްއެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއެވެ.

މީގެއިތުރުންވެސް، މި ހަފްލާގައި ވަނީ އަންހެނުންނަށް ހާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ. އަދި "ޓްރައުމާ ލީވް ޕޮލިސީ" އެއް އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް