އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަަލަތަކެއް ހުށަހެޅެމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އައިބޭ މެދުވެރިކޮށް ނުވަތަ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ނުވަތަ މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ ގިނަ މައްސަލަތަކެއް ދަނީ ހުށަހެޅެމުން ކަމަށެވެ.
އަދި އެގޮތަށް ގުޅާ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަނޫން ސްލިޕެއް ފޮނުވާކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް އެ ފައިސާ، ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މުދާ ޑެލިވަރީކުރާތާ 24 ގަޑިއިރު ފަހުންކަަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން، އޮންލައިން ވިޔަފާރިކޮށް ފައިސާދެއްކިކަމުގެ ބެންކް ސްލިޕް މުދާ ގަންނަފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް