ޔޫކްރެއިންގެ ވެރިރަށް ކީވްއިން ރައްކާތެރި ހިސާބަށް ދެވުމުން ޕާކިސްތާނުގެ ދަރުވަރެއް ކަމަށްވާ އަސްމާ ޝަފީގީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރު އަދާކޮށްފި އެވެ.
ޝުކުރު އަދާކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އަސްމާ ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
އެ ވީޑިއޯގައި އަސްމާ ބުނީ ކީވްގެ ނުރައްކާތެރި ހިސާބަކުން އޭނާ ރައްކާތެރި ހިސާބަކަށް ދާން އެހީވީ ކީވްގައި ހުންނަ އިންޑިއާ އެމްބަސީން ކަމަށެވެ. އޭނާ ބުނީ އެ ސަރަހައްދުން ނެރުނީ ތާށިވެފައި ތިބި އިންޑިއާ ދަރިވަރުންނާއި އެކު ކަމަށް ބުނެފައިވެ އެވެ.
އަދި އެކަން ފަހިކޮށްދީ އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނުމުން މޯދީއަށް ޝުކުރު އަދާ ކުރައްވާ ކަމަށް ބުންޏެވެ.
އިންޑިއާ ސަރުކާރުން ދަނީ ރަޝިއާ އާއި ގުޅިގެން ޔޫކްރެއިންގައި ތަށިވެފައި ތިބި އެ ގައުމުގެ އެތައް ހާސް ރައްޔިތުންނެއް ގައުމުން ބޭރު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އިންޑިއާއިން ބުނީ ޔޫކްރެއިން ހަނގުރާމަ ފެށުނު އިރު އެ ގައުމުގައި އިންޑިއާގެ20،000 ރައްޔިތުން ތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް