އެމެރިކާގެ މަޝްހޫރު "އައިޑީ ޓްރެވަލް ގްރޫޕް"އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ވަރަށް ހާއްސަ ކެންޕެއިނެއް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.
މި ކެމްޕެއިންގެ ސަބަބުން ޔޫއެސް މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، އައިޑީ ޓްރެވަލް ގްރޫޕްގެ މެންބަރުންނަށް ރާއްޖޭގެ މައުލޫމާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މިގޮތުން އީމެއިލް، އެޑް، އާޓިކަލްތައް މެދުވެރިކޮށް އައިޑީ ޓްރެވަލް ގްރޫޕްގެ އެކި މެންބަރުންނަށް ރާއްޖޭގެ އެކި މައުލޫމާތާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ތަންތަނާއި، ތަފާތު ތަޖުރިބާތައް ހިއްސާކުރެވޭނެއެވެ. މިގޮތުން 15000 ލަގްޒަރީ ޓްރެވަލް އެޑްވައިޒަރުންނާއި ރާއްޖޭގެ މައުލޫމަތު ހިއްސާކުރެވޭނެއެވެ.
ހަމައެކަނި 4 އަދި 5 ސްޓާރ ފަތުރުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ވިއްކާ އައިޑީ ޓްރެވަލް ގްރޫޕްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަތީ ފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، ޕެކޭޖުތައް ވިއްކުމާއި މާކެޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. 37 އަހަރުގެ ތަޖުރިބާ ލިބިފައިވަ މި ކުންފުނިން ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންސީ އަދި އެޑްވައިޒަރީ ކުންފުނިތަކާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ. މިގޮތުން ވާޗުއޯސޯ، ސިގްނޭޗަރ ޓްރެވަލް ނެޓްވޯކް، ޓްރެވަލް ލީޑާޒް ގްރޫޕް، އަލްޓުއާ، ޓްރެވަލް ސޭވާޒް، ނެސްޓް އެންޑް ދަ އެފުލުއަންޓް ޓްރެވަލާ ކަނެކްޝަން ފަދަ އެޖެންސީތައް ހިމެނެއެވެ.
އައިޑީ ޓްރެވަލްއިން އެކުންފުނީގެ ޕާޓްނަރުންނާއެކު އެޑްވަޓައިޒިން ކެންޕެއިންތަށް ހިންގުމުގައި އަހަރަކު 250000 ޑޮލަރު އިންވެސްޓްކުރެއެވެ. މި ކެންޕެއިންއިންތަށް 750000 ކަސްޓަމަރުންނާއި ހަމައަށް ފޯރާއިރު އައިޑީ ޓްރެވެލްގެ ޑާޓާބޭސް މެދުވެރިކޮށް 11700 އަށްވުރެ ގިނަ ޓްރެވަލް އެޑްވައިޒަރުންނަށް އެކުންފުނީގެ އެޑް ކެންޕެއިންތައް ފޯރައެވެ.
މި ކެންޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް