މަސްވެރިކަމުގައި އުޅެނިކޮށް ފަޔަށް ޒަޚަމްތަކެއް ލިބުނު މީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ގއ.ވިލިނގިލީގެ ހުޅަނގުން 28 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ ފަޅުވެރިޔަކު ސިޑިއަކުން ވެއްޓި ފަޔަށް ޒަޚަމްތަކެއް ލިބިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
މި ހާދިސާގައި ޒަޚަމްވެފައިވަނީ "ހުސީނާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 43 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ ރޭ 9:00 ހާއިރު ކަމަސެވެ.
އަދި ދޯނި އޮތް ސަރަޙައްދަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަށެވެ. މިގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ފައި ޒަހަމްވި މީހާ ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައިވަނީ ރޭ 10:55 ހާއިރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް