އިންތިހާބެއް ލަސްކުރަން ހިފުމަކީ އިންތިހާބުން ބަލިވުން: އިންތި

އިންތިހާބެއް ލަސްކުރަން ހިފުމަކީ އެހާތަނަށް އިންތިހާބުން ބަލިވުންކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ. އެންޑީޕީ ޗްއާފާޗަންކަމަށް ވާދަކުރަށްވާ އިންތި މިހ...

09 Mar 2022 | 04:12

އިންތިހާބެއް ލަސްކުރަން ހިފުމަކީ އެހާތަނަށް އިންތިހާބުން ބަލިވުންކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެންޑީޕީ ޗްއާފާޗަންކަމަށް ވާދަކުރަށްވާ އިންތި މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސް ކުރުމަށް އެ ފާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވަގެން އުޅުއްވާ ފައްޔަޒު އިސްމާއީލް ހުށަހެށި، ފައްޔާޒު އާއި އެއްކޮޅަށް މައްސަލަ ނިމުމުންނެވެ.

މީގެ ކުރިން އެންޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 16 ގައެވެ. ނަމަވެސް އެދުވަހަކީ ރޯދަމަސްކަމުން އެ ތާރީހަށް ބަދަލު ގެނައުމަށް ފައްޔާޒު ހުށައެޅިއެވެ. 115 މެންބަރުން އެ މަޖިލިސްގައިބައިވެރިވެ 100 މެންބަރުންގެ ވޯޓުން އިންތިހާބު ވަނީ  މޭމަހުގެ 14 އަށް ފަސްކުރެވިފައެވެ.

އިންތިހާބު ބާއްވާ ތާރީހަށް ބަދަލުގެންނަން ނިންމިނަމަވެސް އިންތި އާއި އިންތިގެ ޓީމުން ވަނީ އެކަމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެކިއެކި ހުއްޖަތްތައް ދައްކައިގެން އިންތިހާބުތައް ފަސް ކުރުމަކީ މުޑުދާރު އަމަލެއް ކަމަށް އިވާ ވަނީ ވިދާޅުވެފައެވައެވެ.

މިފަހުން އައިސް އެމްޑީޕީ ފެންނަމުން ދަނީ ދެ ބަޔަކަށް ބެހިފައިވާ ތަނެވެ. އެއީ ރައީސް ސޯލިހުގެ ފެކްޝަނާއި ރާއީސް ނަޝީދުގެ ފެކްޝަނެވެ. ފައްޔާޒު ރައީސް ސޯލިހުގެ ފެކްޝަނަށް ތާއީދުކުރަވާއީރު އިންތި ތާއިދުކުރަށްވަނީ ރައީސް ނަޝީދުގެ ފެކްޝަނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް