ތަފާތު ހަރަކާތްތަކާއި މާދަމާ ހުޅުމާލޭގައި ޖަމްބަލް ސޭލްއެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
މި ޖަންބަލް ސޭލް އިންތިޒާމް ކުރަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނެވެ.
ފަންޑަރައިޒް ކުރުމަށް ކުރިޔަށް ގެންދާ މި ހަރަކާތާއި ގުޅޭގޮތުން އެ ދަރިވަރުން ބުނީ މި ސޭލްގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަންނައުނު ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އަދި ކެންޓީންގެ ހިދުމަތާއި ހީނާ އެޅުމުގެ ހަރަކާތްތަކާއި ފެއިސް ޕެއިންޓިންވެސް އޮންނާނެ ކަމަށް ބުނެ އެވެ.
މި ޖަންބަލް ސޭލް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް