މެންބަރު ވައްޑެގެ ދަރިފުޅު ރައިސް އޮފީހުގެ ވަޒީފާއިން ވަކިކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ތާއީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) ގެ ދަރިފުޅު ރައީސް އޮފީހުގެ ވަޒީފާއިން ވަކިކޮށްފި އެވެ. ވައްޑެ ކުރެއްވި ...

09 Mar 2017 | 07:32

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ތާއީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) ގެ ދަރިފުޅު ރައީސް އޮފީހުގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ދަރިފުޅު ވަޒީފާއިން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއި އެކު ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރިކަން އެންގީ މިއަދު ކަމަށް ވައްޑެ ވިދާޅުވެފައިވެ އެވެ.

ވައްޑެގެ ދަރިފުޅު އެ އޮފީހުގައި ވަޒީފާ އަދާ ކުރާތާ ދެ އަހަރު ވެއްޖެ އެވެ.

ރައީސް އޮފީހުގައި މަސައްކަތް ކުރާ އޭނާގެ އަންހެން ދަރިފުޅު އަދާ ކުރަނީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވްއެއްގެ ވަޒީފާގައި އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުގެ ހުރިހާ މަގަމުތަކަކީ ސިޔަސީ މަގާމުތަކެވެ. އެހެންވެ ވަޒީފާއިން ވަކި ކުރުމުގެ ބާރު ރައީސް އަށް އޮންނާނެ އެވެ.

ޕީޕިއެމްގެ ދެފަޅިވުމުން ވައްޑެ ވަނީ ރައިސް ޔާމީނުގެ ސިޔާސަތުތަކާއި ސީދާ ދެކޮޅުކަން ހާމަކުރައްވާފައި އެވެ. އަދި އިއްޔެ މަޖިލީހުގެ ރައިސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް ވައްޑެ ހުންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް