ބޮލީވުޑްގެ ޝެހެންޝާހު އަމީތާބު ބަޗަން އާއި އޭނާގެ އަންހެނުން ޖާޔާ ބަޗަން ގެ ސަޕޯޓަރުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ.
އެ ދެމީހުން އެއްކޮށް އަނެއްކާވެސް ފިލްމަކުން ފެންނަނީނެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޝޫޖިތު ސިރްކާރް ލިޔެފައިވާ ސްކްރިޕްޓަކަށް ގަޔާވާކަން ދެމީހުން ވަނީ ހާމަކޮށްފައެވެ.
އެކަމާގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ސިރްކާރް ނުދޭ ކަމަށްވެއެވެ. މިކަމާގުޅޭގޮތުން އޭނާ ބުނެފައިވަނީ ވަކި ޚާއްސަކަމެއް ނެތްކަމަށާއި އަމީތާބާ ދެމީހުންގެ ދޭތެރޭ ވަރަށް ގިނަ ކަންކަމަށް ވާހަކަދެކެވޭކަމަށެވެ.
ކޮންމެ އަކަސް މިކަމުގެ މާބޮޑު ތަފްސީލެއް އަދި މީޑިޔާއަށް ތިލަވެފައެއް ނުވެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ތާންގައި މިކަމުގެ ތަފްސީލުތައް އަންނަމުންދާނެކަމަށް ބެލެވެއެވެ.
އަމީތާބް އާއި ޖާޔާ އެއްކޮށް އެންމެ ފަހުން ފެނިފައިވަނީ 2016 ވަނަ އަހަރު ނިކުތް ފިލްމެއްކަމަށްވާ " ކީ އެންޑް ކާ" އިންނެވެ.
އެފިލްމުގައި ދެމީހުންގެ މާބޮޑު ރޯލެއް ނެތްކަމުގައިވިޔަސް ، ދެމީހުން ބޮޑެތި ރޯލްތަކުން ފެނިގެންގޮސްފައިވާ ގިނަ ފިލްމުތަކެއް ވަނީ ނިކުމެފައެވެ. އެގޮތުން 2001 ވަނަ އަހަރު ނިކުތް " ކަބީ ހުޝީ ކަބީ ގަމް" އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ. އޭގެ ކުރީގެ ފިލްމުތަކަށް ބަލާލާއިރު ޝޯލޭ، ޝެހެންޝާހު ، ސިލްސިލާ ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް