ޑްރާމާ ސީރީޒް ޕަރްދޭސް މެއި ހޭ މެރާ ދިލްގެ ސަންޖަނާ އެ ޑްރާމާ ކުޅުން ހުއްޓާލަނީ

ސްޓާ ޕްލަސް އިން މިފަހަކުން ދައްކަން ފަށާފައިވާ އެއް ޑްރާމާ ސީރީޒް އަކީ ޕަރްދޭސް މެއި ހޭ މެރާ ދިލް ކިޔާ ޑްރާމާއެކެވެ. އޮސްޓްރޭލިޔާގައި ދިރިއުޅޭ އިންޑިޔާގެ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް މި...

09 Mar 2017 | 05:32

ސްޓާ ޕްލަސް އިން މިފަހަކުން ދައްކަން ފަށާފައިވާ އެއް ޑްރާމާ ސީރީޒް އަކީ ޕަރްދޭސް މެއި ހޭ މެރާ ދިލް ކިޔާ ޑްރާމާއެކެވެ.

އޮސްޓްރޭލިޔާގައި ދިރިއުޅޭ އިންޑިޔާގެ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް މިޑްރާމާ ސީރީޒް އިން ފެނިގެންދާއިރު މިޑްރާމާގައި ސަންޖަނާގެ ރޯލުން ފެނިގެންދަނީ އަދިތީ ގުޕްތާއެވެ. ނެގެޓިވް ރޯލަކުން އަދިތީ ފެނިގެންދާއިރު މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އަދިތީ މިހާރު ވަނީ މި ޑްރާމާ ކުޅުން ހުއްޓާލާފައެވެ.

ޑްރާމާ ކުޅުން ހުއްޓާލި ސަބަބެއްކަމަށް އަދިތީ ބުނެފައިވަނީ ޑްރާމާ މިހާރު ބައްޓަންވަމުންދާ ގޮތުން އޭނާގެ ރޯލާމެދު ހިތްހަމަނުޖެހޭތީކަމުގައެވެ. އޭނާ ކުރިން ކުޅުނު ރޯލްތަކާއި ތަފާތު ރޯލެއް ކުޅުމަށް މިޑްރާމާއިން ފުރުސަތު ލިބުމުން އެކަމާ އުފާވިކަމަށް އަދިތީ ވަނީ ބުނެފައެވެ.

" ކުރިން ބުނެފައިވާ ގޮތަކަށް ނޫން ކަންކަން ވެގެން މިދަނީ. އަހަރެން ކުޅެމުން މިދާ ކެރެކްޓަރ އަށް އިންސާފެއް ނުލިބޭ. ޑްރާމާގައި ލީޕެއް ނަގާފައިވާއިރު އެކަން ވެގެންގޮސްފައިވަނީ ނުވެސް އިނގި. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އެފަދަ ލީޕެއް ނަގަން އަދި މާއަވަސް. އަހަންނަށް މައްސަލައެއް ނެތް އަލަށް ނެގެޓިވް ކެރެކްޓަރ އަށް އައި ކެރެކްޓަރ އަހަރެންގެ ކެރެކްޓަރ އާއެކު ކުރިޔަށް ގެންދާނަމަ." އަދިތީ ބުނެފައިވެއެވެ.

ޑްރާމާގައި އަދިތީގެ ކެރެކްޓަރ ގެ މާބޮޑު ތަނެއް މިހާރު ފެންނަމުން ނުދާތީ އަދިތީ އެ ޑްރާމާ ކުޅުން ހުއްޓާލާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ މިޑްރާމާގެ އެންމެ ފަހު ޝޫޓްކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް