ސަރުކާރު ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެ މަގާމުން ވަކިކޮށްފި އެވެ.
އާޒިމް ވަނީ ދުވަހަށް އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ވައިބާ މެދުވެރިކޮށް ދުވަހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ މަގާމުން ވަކި ކޮށްފައިވާކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އާޒިމްގެ ބަދަލުގައި، ސަރުކާރުގެ މައި ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އަހުމަދު ޝަހީރެވެ. އޭނާ މިހާތަނަށް ހުންނެވީ އެސްޓީއޯގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމުގަ އެވެ.
https://twitter.com/SpokespersonMV/status/574930463900327936
އާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮއެކެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާޒިމް ވަކިކުރައްވާފައި މިވަނީ، ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ހަތިޔާރު ފެނުނު ކަމަށް ބުނެ، އޭނާގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމާއި ގެންގުޅުމުގެ ކުށުގެ ދައުވާކޮށް، ހައްޔަރުކޮށްފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް