އދ. މާމިގިލީ އެއާޕޯޓްގައި ގުދަނެއް ހަދަން އުޅުމުގެ ތެރޭގައި ބޮލަށް ބެރިއެއް ވެއްޓި އެތާނގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު 3:20 ހާއިރު ކަމަށާއި ހާދިސާ ހިނގަން މެދުވެރިވީ އެ އެއާޕޯޓްގައި ވެއާހައުސްއެއް އެޅުމަށް ކްރޭނެއް މެދުވެރިކޮށް ދެ ބެރި މައްޗަށް ނަގަން އުޅުމުގެ ތެރޭގައި އެ ދެ ބެރި ވެއްޓި ބިދޭސީ މީހާގެ ބޮލުގައި އޭގެން ބެރިއަކުން ޖެހި ކަމަށެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެމީހާ އަށް ފަރުވާ ދިނުމަށް މާމިގިލީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ފުރާނަ ނެތް ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް