ފަސް ރުފިޔާގެ ނޫޓު އުވާލައި 1000 ރުފިޔާގެ ނޫޓު ތައާރަފްކުރަނީ

ފަސް ރުފިޔާގެ ނޫޓް އުވާލައި 1000 ރުފިޔާގެ ނޫޓު ތައާރަފު ކުރުމަށް މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ. އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު...

09 Mar 2015 | 07:44

ފަސް ރުފިޔާގެ ނޫޓް އުވާލައި 1000 ރުފިޔާގެ ނޫޓު ތައާރަފު ކުރުމަށް މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ މިއަހަރު އަލަށް ތައާރަފް ކުރާ ފައިސާއާއެކު 1000 ރުފިޔާ ތައާރަފް ކުރާނެ ކަމަށެވެ. އަޒީމާ ވިދާޅުވީ އެ ބަދަލާއި އެކު ފަސް ރުފިޔާގެ ނޫޓް އުވާލައި ފަސް ރުފިޔާއަކީ ފައިސާ ފޮއްޗަކަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަސް ރުފިޔާ އުވާލަން ނިންމީ އެއީ މިހާރު މާރުކުރާ ނޫޓަކަށް ވުމުން ކަމަށެވެ. އަދި 1000 ރުފިޔާ ތައާރަފް ކުރަން ނިންމީ ބޮޑެތި ފައިސާގެ މުއާމަލާތް ކުރައްވާ ފަރާތްތަކަށް ފަސޭހައަކަށް ކަމަށް ވިދާޅުވި އެވެ.

"އެ ބަދަލު ގެންނަން ނިންމީ ކުރި ދިރާސާ ތަކަކަށް ފަހު. އެގޮތުން ދިރާސާއިން ދައްކާގޮތުން ފަސް ރުފިޔާގެ ނޫޓް މިހާރު ވަނީ މާރުކުރާ ޑިނޯމިނޭޝަލް އަކަށް ބަދަލުވެފަ، އެހެންކަމުން ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފަސް ރުފިޔާގެ ފައިސާ ފޮއްޗަކަށް ބަދަލު ކުރަން ވަނީ ނިންމާފަ، އަދި މަތީ ވިޔަފާރި މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން 1000 ރުފިޔާގެ ނޫޓެއް މި ސީރީޒްގައި ހިމަނަން ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ،" ޑރ އަޒީމާ ވިދާޅުވި އެވެ.

ފަސް ރުފިޔާގެ ބަދަލުގައި ނެރޭ ފައިސާ ފޮތި އަންނަ އަހަރު ތެރޭގައި ތައާރަފް ކުރަން ނިންމާފައިވާއިރު އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓު މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އާންމު ކުރެވޭ ވަރު ވާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް