ރަހީނުކޮށްފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

ރަހީނުކޮށްފައިވާ ކަމަށްބުނެ އޮޅުވާލާ، ފިލައިގެން އުޅުނު ބިދޭސީ އަކު ފުލުހުން ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ. ފުލުހުން ބުނީ އޭނާ ރަހީނުކޮށް...

09 Mar 2015 | 07:27

ރަހީނުކޮށްފައިވާ ކަމަށްބުނެ އޮޅުވާލާ، ފިލައިގެން އުޅުނު ބިދޭސީ އަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ. ފުލުހުން ބުނީ އޭނާ ރަހީނުކޮށްފައިވާ ކަމަށް ބުނެ އަމިއްލަައަށް އޭނާ މަސައްކަތް ކުރި ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފަކަށް ގުޅާ އެންގުމުން އެމީހަ ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރީ ކަމަށެވެ.

އޭނާ ރަހީނުކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ބުނެ އަނެއް މީހައަށް އެންގުމުން އެމީހާ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ ދުވަހުން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާނެ ކަމަށާއި ތަހުގީގުގައި އޭނާ ރަހީނު ކޮށްގެން ގެންގުޅެދާނެކަމަށް ބެލެވޭ ގިނަ ތަންތަން ބަލާފައިވާނެ ކަމަށެވެ. އަދި އޭނާ އާންމުކޮށް ވާހަކަ ދައްކާ ހަދާ މީހުންނާއި ސުވާލުކޮށްފައިވާނެ ކަމަށް ބުންޏެވެ.

ފުލުހުންގެ ތަހުގީގަށް ފަހުން އެނގުނު ގޮތުގައި އޭނާ ރަހީނު ކުރި ކަމަށް ބުނާ ތާރީހުން ފެށިގެން ދެ ދުވަސް ވަންދެން މާލޭގައި އުޅުމަށް ފަހު އެއް ހަފްތާއަށް އުތުރުގެ ރަށެއްގައި އުޅުމަށް ފަހު ވަނީ މާލެ އައިސްފަ އެވެ. ފުލުހުން ބުނީ އެނގިފައިވާ ގޮތުގައި އޭނާގެ މަގުސަދަކީ މީޙުން އަތުން ފައިސާ ހޯދުންކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރޭ ޓީ ޖެޓީ ސަރަހައްދުގައި އަޅާފައި އޮތް ދޯންޏަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް