ނަޝީދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ވެސް ހައި ކޯޓުން ބަލައެއް ނުގަތް

ދައުވާ އުފުލުމަށް ފަހު، އަނބުރާ ގެންދިޔުމަށް ފަހު، ދައުވާ ބަދަލު ކުރުމުގެ ބާރު ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަ...

09 Mar 2015 | 05:45

ދައުވާ އުފުލުމަށް ފަހު، އަނބުރާ ގެންދިޔުމަށް ފަހު، ދައުވާ ބަދަލު ކުރުމުގެ ބާރު ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ.

ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅީ މައްސަލައިގަ ހައިކޯޓުގެ ރެޖިސްޓްރާ ނިންމަވާފައިވަނީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ އުފުލާފައިވާ ދައުވާއެއް މުރާޖާކުރުމަށް އަނބުރާ ގެނެސް އެހެން ދައުވާއެއް ކުރެވިދާނެ ކަމަށް ޕީޖީގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން ހައި ކޯޓުން ނިންމާފައިވާއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި އަނެއް ތިން މައްސަލަ ވެސް ބޭރުކޮށްލައިފަ އެވެ.

ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ވަރަށށް ބާރަށް ކުރިޔަށް ގެންދާއިރު މިރޭ 08:00 އަށްވެސް ޝަރިއަތެއް ވަނީ ތާވަލް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް