އިރާދަކުރެއްވިއްޔާ ދެން ރައީސް ޔާމީނާ ދެކޮޅަށް ތެދުވާނީ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް (މަހޭ) ވިދާޅުވެއްޖެ އެވެ.
މަހޭ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މަހޭ ވިދާޅުވެފައިވަނީ ފުރަތަމަ ޖޭޕީ، ދެން އަޅުގަނޑު، މިރޭ އޭޕީ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ދެން ރައީސް ޔާމީނާ ދެކޮޅަށް ތެދުވާނީ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކަމަށެވެ.
https://twitter.com/AhmedMahloof/status/574674616070709248
މަހުލޫފު މިހެން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުންއައި ތާއީދު އަނބުރާ ގެނައުމަށް ނިންމާ އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބުކޮށްދިނުމަށްޓަކައި އަދާލަތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ސަރުކާރު އުފެދި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާތީއާއި ސަރުކާރަށް ރައްޔިތުން ދީފައިވާ އިތުބާރު ނަހަމަގޮތުގައި ބޭނުންކޮށް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް އަސާސީ ހައްގުތަކާއި މިނިވަންކަން ހަނިކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާ، ބާރުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާތީ، ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެނައުމަށް ނިންމީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް