މާފަންނު ޝަހީދު އަލީ ހިނގުމުގައި ހުންނަ "ކެފޭ ލަޔާލީ" އަށް ވަދެ ހުއްދަ ނުހޯދާ ވީޑިއޯ ކުރި ކަމަށްބުނެ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުހޯދާ ރެސްޓޯރެންޓަކަށް ވަދެ ވީޑިއޯ ކުރުމުން ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ރާއްޖެ ޓީވީން ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާޒީ ބާރީ ލަޔާލީ ކެފޭގައި ބައްދަލުކުރަމުންދަނިކޮށް އެތަނަށް ދިޔަ ނޫސްވެރިން ހައްޔަރުކޮށްފައިވާކަމަށެވެ.
https://twitter.com/Raajje_tv/status/574656801997631489
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް