ފާޑުކިޔާ ފަރާތްތަކަށް ޑރ. ޝަހީމްގެ ރައްދެއް: ތިޔަ އެންމެންގެ ނަންތައް ތާނައިން ނުލިޔަނީ ކީއްވެ !؟

"މައިންޑްފުލް ރަމަޟާން" ތާނަ ބަހުން ލިޔެފައިވާ ބެކްޑްރޮޕަށް ކިޔާ ފާޑުކިޔުންތަކަށް ޑރ. ޝަހީމް ރައްދު ދެއްވައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެމަނިކ...

09 Feb 2025 | 17:02

"މައިންޑްފުލް ރަމަޟާން" ތާނަ ބަހުން ލިޔެފައިވާ ބެކްޑްރޮޕަށް ކިޔާ ފާޑުކިޔުންތަކަށް ޑރ. ޝަހީމް ރައްދު ދެއްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެމަނިކުފާނުގެ ސޯޝަލްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކަންބޮޑުވުން ހުރި ކަންކަން ހައްލު ކުރައްވާނެ ކަމަށެވެ.

ހަމަ އެއާއެކު ސުވާލު އުފެއްދެވީ  ފާޑު ކިޔާ އެންމެންގެ ނަން ފޭސްބުކުގައި ލިޔެފައި ހުރީ ފަރަންޖީ އަކުރުން ކަމަށް ވިދާޅުވެ އެމީހުންގެ ނަންތައް ތާނަ އަކުރުން ނުލިޔަނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.

"ގައިމު  ތާނަ އަކުރުން ލިޔެވޭނެ...." ސްމައިލީ އިމޯޖީ ތަކަކާއެކު ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ޒުވާން ކުދިން ތަކަކަށް ކުރެވޭ ކަމަކަށް އިސްތިޢުމާރުވެފައި ތިބި ބައެއްގެ ގޮތުގައި ސިފަކޮށް ރައްދުދީ ހެދުން އެހާ ބަލައިނުގަނެވޭ ކަމަށާއި ކަންކަން އިސްލާހު ކުރަން ހެޔޮ ނަސޭހަތް ދެއްވުން މުހިންމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް