ރަމަޟާން 1446: މި މަހުގެ 15 އިން ފެށިގެން ފިހާރަތައް މެންދަމު އެކަކާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފިހާރަތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިހެން ބުނެފައިވަނ...

09 Feb 2025 | 12:22

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފިހާރަތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ އިޢުލާނެއްގައެވެ.

އެ އިޢުލާނުގައި ބުނެފައިވަނީ 15 ފެބްރުއަރީ 2025 އިން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 05:30 އިން މެންދަމު 01:00 އަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް