ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލަދިނުމަށްފަހު ފިލަން ދުއްވި ބަޔަކު އަތުލައިގެންފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެމީހަކު ހަމަލަ ދީފައިވާ މައްސަލަ ރޭ 23:35 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
"ހަމަލަ ދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވޭ، އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.
ހަމަލަ ދިންކަމަށް ތުހުމަތު ކުރެވޭ ދެމީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ގދ. ފިޔޯރީ، ހީނާމާގެ، އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް އަދ ބ. ގޮއިދޫ އުމުރުން 19 އަހަރުގެ ސައިފުﷲ ފައިސަލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް