މިއަދު ހެނދުނު މ. ހައުސް ޕްލާޒާގޭގައި އަލިފާން ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.
މ.ހައުސްޕްލާޒާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާއިރު މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށާއި މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
"ގިނަދުވަސް ތަކެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުންނަ މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް