ފްލެޓް ލިބުނު ކަމަށް ބުނެ މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފި

ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފިއެވެ. ފުލުހުން ބުނީ ފްލެޓް ލިބުނު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެނ...

09 Feb 2024 | 09:27

ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފިއެވެ.

ފުލުހުން ބުނީ ފްލެޓް ލިބުނު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ނަގާފައިވަނީ ގއ.ވިލިނގިލީ މީހެއްގެ ބޭންކް އެކައުންޓުން ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި، މައްސަލައިގެ ތަހުގީގު މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ސްކޭމް ކޮށްގެން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާއްމު މައްސަލައެކެވެ. ފުލުހުން ބުނީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީހުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ރިކަވާ ކުރެވިފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް