ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް މި ރޯދަ މަހު ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބެހުމަށް ނިންމާފައިވާތީ މާލެ ސަރަހައްދުން އެ ތަކެތި ބޭނުން ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ހަނޑުލާއި ފުށް ބޭނުންވާ މީހުން ނަން ނޯޓުކުރުމަށް ހާއްސަ ޕޯޓަލްއެއް ހަދަމުން އަންނަ ކަމަށާއި، އަންނަ ހޯމަ ދުވަހު އެ ޕޯޓަލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް ހުޅުވާލާނެ ކަމަށެވެ.
މިދިޔަ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުގެ ފަރާތުން މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހިލޭ ދެއްވާނެ ކަމަށެވެ.
އޭގެ އިތުރަށްވެސް ކަންތައްތައް ފަހިކޮށްދެއްވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު އެއަށްވުރެ ވެސް އިތުރު ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް