ކެޓް ޝެލްޓަރ ހަދަން ސިޓީ ކައުންސިލާއި ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ކެޓް ޝެލްޓަރ އެޅުމަށް ބޭނުންވާ ބިން އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް އެގްރިކަލްޗަރ އެނ...

09 Feb 2024 | 07:05

ހުޅުމާލޭގައި ކެޓް ޝެލްޓަރ އެޅުމަށް ބޭނުންވާ ބިން އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދިއުމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުއެވެ.

ކެޓް ޝެލްޓަރ އެޅުމަށް 5000 އަކަފޫޓޫގެ ބިމެއް ހަވާލުކޮށްފައިވާއިރު، އެތަނުގައި ބުޅާތަކާއެކު އާއްމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއް އަދި ކެޓް ޝޮޕެއްވެސް ހުޅުވިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދުމަށްފަހު، ކުރިއަށް އޮތް ތަނުގައި ދޫނިފަދަ ދިރޭތަކެއްޗަށް ހާއްސަކޮށްގެން ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމެއްވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދާނީ 18000 އަކަފޫޓުގެ ބިމެއްގައި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މާލޭގެ މަގުތަކުގައި އާދަޔާ ޚިލާފަށް ބުޅާ ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރުވެސް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ޕެޓް ކެއަރ ފެސިލިޓީއެއް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް