ށ. ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީ ގޮތުން ހުއްޓާލުމައް ސިވިލް ކޯޓުން އަމުރު ކޮށްފި

ށ. ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އެ ރަށަކީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށެކެވެ. ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފައިމިވަނީ އ...

09 Feb 2023 | 16:42

ށ. ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އެ ރަށަކީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށެކެވެ.

ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފައިމިވަނީ އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ (ޕީނޯ) އާއި ކަނބާލިފަރު ރިސޯޓްގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމް މަނިކް އާއި ދެމެދު ވިޔަފާރީގެ މައްސަލަތަކެއް އުފެދިގެން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ.

ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދިނުމަށް ފްރާންޗިން ޖުސެއްޕޭ ސިވިލް ކޯޓުގައި އެދިފައިވަނީ، ށ. ކަނބާލިފަރު ކުންފުނީގެ ޕަވާރ އޮފް އެޓާނީ ސަރަނގު އާދަމް މަނިކު އަށް ދީފައި ވަނިކޮށް ފްރާންޗިން ޖުސެއްޕޭ ހުއްދަ ނެތި އެ ޕަވާ އޮފް އެޓާނީ ނަހަމު ގޮތުގައި ބޭނުން ކޮށްގެން ސަރަންގު އާދަމް މަނިކު އެ ރަށުގެ މިލްކުވެރިކަން  އަމިއްލަ ކުންފުންޏަކަށް ބަދަލު ކޮށްފައިވާކަމަށް ބުނެ އެ މައްސަލައިގައެވެ.

މި އަމުރުގައި އެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓުވުމަށް އެދި މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ މައްޗައް ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފައިވާއިރު ށ. ކަނބާލިފަރަކީ ސަރަނގު އާދަމް މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)މެދުވެރިކޮށް ލޯނެއް ނެގުމަށް ރަހުނުކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް