އަޕްގްރޭޑިން މަސައްކަތެއް ކުރާތީ މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މާދަމާ ހެނދުނު 6:00 އާއި 6:30 އާއި ދެމެދު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން 10 މިނުޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މާލެއިން ހިދުމަތް މެދުކެނޑޭނީ މަޖީދީމަގާއި، ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި، ދިލްބަހާރު ގޯޅި، އަލިކިލޭގެފާނު މަގާއި، ސަހަރާމަގު، ނިޔަނދުރުގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން، ހުވަފެނީގޯޅިއާއި، ދޮނަދަރާދަ ހިނގުމުން ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
އަދި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ، ފިލިގަސްމަގު، ނިރޮޅުމަގު، ކަނީރުމަގު، ރީތިގަސް ހިނގުން، ކެލާ މަގު، ކާނިމަގު، ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9 ގެ އިތުރުން ބުރެވިގަސްމަގާއި ހަލަވެލި މަގުން ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް