ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި މަލްޓީޕާޕަސް ހޯލެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

ވިލިމާލޭ މުޙްޔިއްދީން ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. އ...

09 Feb 2023 | 09:49

ވިލިމާލޭ މުޙްޔިއްދީން ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައިޝާދު އިބްރާހިމްއެވެ. އަލްޓެކްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީން އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 12.2 މިލިއަން ރުފިޔާއަށެވެ.

އެ ކުންފުނިން މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް