އުރީދޫ މޯލްޑިވްސް އާއި ވިމެން އިން ޓެކް ގުޅިގެން ކުރިއަށްގެންދާ "ސައިބަރ ރައްކާ" ސިލްސިލާގެ ސެޝަނެއް 11 ފެބްރުއަރީ (ހޮނިހިރު ދުވަހު) މާލޭގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
ޑިޖިޓަލް ދުނިޔޭގައި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ "ސައިބަރ ރައްކާ" ގެ މި ސެޝަން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 އިން 10:00 އަށް ހ. ސަންލީޓް ފުރަތަމަ ފަންގިފިލާގައެވެ.
މި ސެޝަންގައި އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިވާންވީ ކަންކަމާއި މެދު އަހުލުވެރި ކުރުވުމާއި އައިޓެންޓިޓީ ތެފްޓް ފަދަ ނުރައްކާތެރި ކަންކަމުން ރައްކާތެރިވާނެ ގޮތް ބުނެދިނުމާއި ފައިސާއާއި ގުޅުންހުރި މުއާމަލާތްތަކާއި އެކައުންޓްތައް ރައްކާތެރި ކުރުމުގެ މުހިންމުކަމާއި ހަރުދަނާ ޕާސްވޯޑެއް އެކުލެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމާއި އޮންލައިން ޕްރައިވަސީ އަދި ސެކިއުރިޓީއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރިއަށްގެންދާ ސްކޭމްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއިމެދު މައުލޫމާތު ދިނުން ކުރިއަށްދާނެކަމުގައި އުރީދޫއިން ބުނެއެވެ.
ސައިބަރ ރައްކާ ކެމްޕޭނަކީ 2021 ވަނަ އަހަރުން ފެށިގެން އުރީދޫ އާއި ވިމެން އިން ޓެކްއިން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ދުނިޔެއަށް އާންމުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް