މީރު މީރު ބޮބާ ޓީއެއް ބޯލަން ދާންވީ ނަމްނަމް އަށް!

ޓައިވާނީސް ބޮބާ ޓީގެ މަގުބޫލުކަން ރާއްޖޭގައި އަންނަނީ ބޮޑުވަމުންނެވެ. އެ ބުއިމެއް ތަޖުރިބާ ކޮށްލަން އެންމެ ގިނަ ބަޔަކު މިހާރު ބޭނުންވާ ބުއިމަކީ ބޮބާ ޓީ އެވެ. އިރުމަތީ އޭޝިއާގެ މި މީރު ބުއިމުން ހިތްހަމ...

09 Feb 2023 | 09:33

ޓައިވާނީސް ބޮބާ ޓީގެ މަގުބޫލުކަން ރާއްޖޭގައި އަންނަނީ ބޮޑުވަމުންނެވެ.

އެ ބުއިމެއް ތަޖުރިބާ ކޮށްލަން އެންމެ ގިނަ ބަޔަކު މިހާރު ބޭނުންވާ ބުއިމަކީ ބޮބާ ޓީ އެވެ. އިރުމަތީ އޭޝިއާގެ މި މީރު ބުއިމުން ހިތްހަމަޖައްސާލަން ބޭނުން ނަމަ، ދާންވީ ތަނަކީ ހުޅުމާލޭގައި ހުންނަ ނަމްނަމް އެވެ.

މިއީ މިހާރު މުޅި ރާއްޖޭން ވެސް ލިބެން ހުރި އެންމެ އޮތެންޓިކް ބޮބާ ޓީ ތައްޔާރުކުރާ ޖޮއިންޓެވެ. މި ތަނުން ތަފާތު އެހެން ބުއިންތައް ވެސް ލިބެން ހުރެ އެވެ.

މީގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ބުއިންތައްވެސް ހިމެނެ އެވެ. އަދި ކަސްޓަމަރުންގެ އެދުމުގެ މަތިން، މެނޫ އަށް ކޮފީ އިތުރުކުރަން ވަނީ ނިންމާފައެވެ.

ނަމްނަމް އިން ދޭ ޔަގީންކަމަކީ، ރަހަ އެއްވަރެއްގައި ހިފަހައްޓާނެ ކަމެވެ. މިއަދު ބޯލާ ބޮބާ ޓީ އިން ދޭ ރަހައިގެ މީރުކަން، މާދަމާ ދާއިރު ވެސް ތަޖުރިބާކޮށްލެވޭނެ އެވެ. ތާޒާކޮށް ތައްޔާރުކުރާ ބޮބާގެ މައްޗަށް އަޅާލާ، މީރު ބުއިން ތައްޔާރުކުރަނީ އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ ބަރިސްތާ އިންނެވެ.

މިތަނުގެ އެންމެ ހާއްސަ ކަމަކީ ބޮބާ ޓީ ގެ ރަހަ އެކަންޏެއް ނޫނެވެ. ނަމްނަމް ފަރުމާކޮށްފައި ހުރީ ވެސް ހިދުމަތް ހޯދަން ދާ ކަސްޓަމަރުންނަށް ހިތްހަމަޖެހުން ލިބޭ ގޮތަށެވެ. މި މީރު ބުއިމުން އަރުތެރެ ތާޒާކޮށްލުމުގެ ކުރިން ހިތަށް ހަމަޖެހުން ގެނެސްދޭނީ ތަނުގައި ލާފައިވާ ހިތްގައިމު ކުލަތަކާއި ރީތި ޑިޒައިންތަކެވެ.

ބޮބާ ޓީ ބޯލުމުގެ ކުރިން އިންސްޓަގްރަމް އަށް ލާނެ ފޮޓޯއެއް ނަގާލަން ފައްކާ ބެކްޑްރޮޕް ވެސް މިތަނުގެ ފާރުން ފެންނާނެ އެވެ.

ނަމްނަމް އިން އަންނަނީ ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން ކަސްޓަމަރުންނަށް އެންމެ ފަސޭހައިން ދެވޭ ޕީކް ގަޑިތަކަށް، ހެޕީ އަވާ ކަނޑައަޅައި ޑިސްކައުންޓްތަކެއް ދޭން ވަނީ ނިންމައިފަ އެވެ. އެފަދަ ޕްރޮމޯޝަންތަކުގެ މައުލޫމާތާއި ކަސްޓަމަރުންގެ ރިވިއުތައް، ނަމްނަމްގެ އިންސްޓްގްރަމް ޕޭޖުން ލިބެން ހުންނާނެ އެވެ.

ނަމްނަމް އިން ބޮބާ ޓީ ވިއްކަނީ ވެސް އެހެން ތަންތަނާ ބަލާއިރު އެކަށީގެންވާ ހެޔޮ އަގެއްގަ އެވެ. އެހެންވެ މިއީ ކުދިން ގޮވައިގެން މޫދަށް އެރިލުމުގެ ކުރިން، ނުވަތަ ޕާކަށް ދިއުމުގެ ކުރިން ކަރު ހިއްކުން ފިލުވައިލަން ވަންނަން ރަނގަޅު ތަނެކެވެ.

އެކުވެރިންނާ އެކު ކޮފީއެއް ބޯލަން ވެސް މިއީ ވަރަށް ހިތްފަސޭހަ ސަރަހައްދެއްގައި ހުންނަ ތަނެކެވެ. ޓޭކް އަވޭ އެއް ނަގާލަން ވިޔަސް ނަމްނަމް އަކީ ވަދެލަން ސަޅި ތަނެކެވެ. ދެ ތިން ތަށި ނަގައިގެން ގެއަށް ގެންދާނެ ގޮތަކާ މެދު ހާސްވާކަށް ނުޖެހޭނެ އެވެ. ފަސޭހައިން ގެންދެވޭނެ ފަދަ ޓޭކްއަވޭ ކޮތަޅުތަކެއް ނަމްނަމް އިން ވަނީ ތައާރަފުކޮށްފަ އެވެ.

ކުރިއަށް އޮތީ ރޯދަ މަސް ކަމުން، ދިވެހިންގެ ތެރޭގައި މަގުބޫލު ބުއިންތަކާއި އެކު ދިވެހިވަންތަ ރަހަ ހިމެނޭ މެނޫއެއް ތައާރަފްކުރަމަށް ނަމްނަމް އިން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް