މިސްރުގެ ޤުރުއާން މުބާރާތުން ޝަޔާއަށް ހޯދި ކާމިޔާބަށް އިސްލާމިކް މިނިސްޓަރު މަރުހަބާ ދަންނަވައިފި

މިސްރުގައި ކުރިޔަށް ގެންދިޔަ 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރި ފާތިމަތު ޝަޔާ ހޯދި ކާމިޔާބަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު...

09 Feb 2023 | 08:48

މިސްރުގައި ކުރިޔަށް ގެންދިޔަ 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރި ފާތިމަތު ޝަޔާ ހޯދި ކާމިޔާބަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މަރުހަބާ ދަންނަވައިފި އެވެ.

މި ހަފްތާގައި ކުރިޔަށް ދިޔަ އެ މުބާރާތުގައި ޝަޔާ ވާދަކުރީ ނުބަލާ ކިޔެވުމުގެ ބައިންނެވެ. އޭނާ ވަނީ އެ ބައިން މުޅި މުބާރާތުން ދެ ވަނަ ހޯދާފައި އެވެ.

މުބާރާތުން ހޯދި ފަހަރުވެރި ކާމިޔާބަށް ފަހު ރާއްޖެ އައުމުން ޝަޔާއަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރު ވަނީ އޭނާ އާއި މިއަދު ބައްދަލު ކުރައްވާފައި އެވެ. މި ބައްދަލުވުމުގައި ޝަޔާގެ މަންމަ އާއި ބައްޕަވެސް ބައިވެރިވި އެވެ.

ޝަޔާއަށް ބައިވެރިވި ކެޓަގަރީން އެއް ވަނަ ނުލިބުނީ މަދު މާސްކޮޅެއް މަދުވެގެންނެވެ.

ޝާޔާއަށް ލިބުނީ 99.45 މާކްސްއެވެ. މި މުބާރާތުން ނުބަލާ ކިޔުމުން އެއްވަނަ ހާސިލް ކޮށްފައި ވަނީ 99.90 މާކްސްއާއެކު ގާނާ ތަމްސީލް ކޮށްދިން އަބްދުލް ސަމަދް އާދަމްއެވެ.

ޝަޔާ ޤުރުއާން ހިތުދަސްކޮށް މެޑަލް ހާސިލް ކުރީ 2019 ވަނަ އަހަރު އެވެ. އޭނާ ޤުރުއާން ހިތުދަސް ކުރީ އުމުރުން ނުވަ އަހަރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް