މާލޭ މަގު ކޮނުމުގެ ފީ ބޮޑު ކުރި މައްސަލަ ސްޓެލްކޯއިން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މަގު ކޮނުމުގެ ފީ ބޮޑު ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ހެދި އުސޫލު ބާތިލް ކުރަން ފުރަތަމަ ސްޓެލްކޯއިން އެ ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ އެވެ. އެއީ ސިޓީ ކައުންސިލްގެ އުސޫލު ގާނޫނާ ޚިލާފްވާ ގޮތެއް ސްޓެލްކޯއަށް ބުނެ ނުދެވޭތީ އެވެ.
މި މައްސަލަ އަލުން ކޯޓަށް ވެއްދީ އިތުރު ކޮންކަމެއް ހިމަނާފައި ކަމެއް އަދި ސާފެއް ނުވެ އެވެ. ސްޓެލްކޯއިން ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމާއި މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ސްޓެލްކޯއިން މީގެ ކުރިން ބުނީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާތީ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އަލަށް އެކުލަވާލި އުސޫލުގައި ވާގޮތުން މަގު ކޮނުމުގެ ފީ 154 ޕަސެންޓް ވަނީ ބޮޑުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް