ރާކީގެ ފައިސާތައް ވަގަށް ނެގިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި

ބޮލީވުޑްގެ އައިޓަމް ގާލްގެ ގޮތުގައި މަޝްހޫރުކަން ހޯދި ރާކީ ސާވަންތު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން އޭނާގެ ފިރިމީހާ އާދިލް ހާން ހައްޔަުރ ކޮށްފި އެވެ. މި ދެމީހުން ކައިވެނި ކުރިކަމަށްވަނީ ޖުލައި 2022 ...

09 Feb 2023 | 06:31

ބޮލީވުޑްގެ އައިޓަމް ގާލްގެ ގޮތުގައި މަޝްހޫރުކަން ހޯދި ރާކީ ސާވަންތު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން އޭނާގެ ފިރިމީހާ އާދިލް ހާން ހައްޔަުރ ކޮށްފި އެވެ.

މި ދެމީހުން ކައިވެނި ކުރިކަމަށްވަނީ ޖުލައި 2022 ގައި އެވެ. އެކަމަކު ދެމީހުން ކައިވެނި ކުރިކަން މީޑިއާގައި ހާމަ ކުރީ މިދިޔަ މަހު ރާކީ އެވެ. އެކަން ފުރަތަމަ އާދިލް ދޮގު ކުރި އެވެ.

ކައިވެނި އިއުލާނު ކުރި ފަހުން ބައެއް ފަހަރު ދެމީހުން ހަމަޖެހިގެން އުޅޭތަން ސޯޝަލް މީޑިއާއިން ފެނުނު ނަމަވެސް މި ފަހުން ރާކީ ކަމަކަށް އޮންނަނީ އާދިލް އޭނާއަށް ބޭވަފާތެރިވި ކަމަށްބުނެ ނޫސްވެރިންނާއި ޕަޕަރާޒީން އެއްކޮށްގެން ރޮއެރޮއެފައި އެވާހަކަ ދެއްކުމެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިޔަސް ރާކީ ބުނީ އޭނާ ދައްކަނީ ހަގީގީ ވާހަކަތަކެއް ކަމަށާއި އާދިލް އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އެހެން އަންހެނަކާއި ހިތާވެ، ރާކީގެ ފައިސާތައްވެސް ވަގަށް ނަގައިގެން ނުދީ ހިފަހައްޓަމުންދާ ކަމަށް ބުންޏެވެ.

ރާކީ ތުހުމަތު ކުރާގޮތުގައި އޭނާ މަންމަ މަރުވީ ސާޖަރީއަށް އާދިލް ފައިސާ ނުދެއްކުމުންނެވެ. މިދިޔަ ހަފްތާގައި ރާކީ މަންމަ މަރުވުމުން ޖަނާޒާއަށް އާދިލް ދިޔައީވެސް ފަހުންނެވެ.

މި މައްސަލަ ގަނޑުގައި އާދިލް އާއި ގުޅިގެން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން މުމްބާއީ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައި އެވެ. ހައްޔަރު ކުރި ސަބަބުތަކުގެ ތެރޭގައި ރާކީއަށް އަނިޔާ ކުރުމުގެ ތުހުމަތުވެސް ހިމެނެ އެވެ.

މި މައްސަލައިގަ ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ. މައްސަލަ ހުށަހެޅުމާއި މީޑިއާ އާއި ވާހަކަ ދެއްކުމުގައ ރާކީއަށް އެއްބާރުލުން ދެމުންދަނީ އޭނާގެ އެކުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް