ނާޒިމްގެ ވެރިކަމެއްގައި ގެސްޓު ހައުސް އިމާރާތް ކޮށްފައި ޒުވާނުންނަށް ދެނީ ތަޅުދަނޑި!

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި ގެސްޓު ހައުސް އަޅައިދޭނީ ސަރުކާރުން ކަމަށާއި ހިންގަން ދޭނީ ތަޅުދަނޑި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. ނާޒ...

09 Feb 2023 | 05:35

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި ގެސްޓު ހައުސް އަޅައިދޭނީ ސަރުކާރުން ކަމަށާއި ހިންގަން ދޭނީ ތަޅުދަނޑި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ކ. ގުރައިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކަނޑައަޅާ ވަކި ރަށްރަށަކުން ގެސްޓް ހައުސް ހަދަން ބިން ދިނުމުގެ ބަދަލުގައި އެ ރަށްރަށުން ގެސްޓް ހައުސް ވިޔާފާރި ކުރުވާނީ އެ ތަންތަން އިމާރާތްކޮށް ދިނުމަށް ފަހު ކަމަށެވެ.

އެގޮތުން ހަތަރެއް ނުވަތަ ފަސް ބުރީގެ ގެސްޓޫ ހައުސްތައް އެމްއެންޕީގެ ވެރިކަމެއްގައި ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އެ މަސައްކަތަށް ބިން ދިނުމުން ނަގަން ޖެހޭ ލޯނާއި ހެދި ގެސްޓު ހައުސް ނުހެދި ނުހިންގޭެ ކަމަށެވެ. އެއީ އެ ބިން މޯގޭޖު ކޮށްފައި12 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި ލޯނު ނަގަން ޖެހޭތީ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ކަންކަންވެސް ހުރީ އެފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އާސަންދަ އަށް ފޯމު ލައިގެން މަޖިލީހުގެ ކޮންމެ ވެސް މެންބަރަކަށް ގުޅައިގެން ނޫނީ އެ ފޯމު ގުޑައެއް ނުލާނެ ކަމަށެވެ.

އެންސްޕާ އަށް ފޯމެއް ލައިގެން ވެސް އުޅެން ޖެހެނީ އެހެނ ކަމަށާއި ތީމުގެ އަށް ސަލާން ޖެހުން ނިމިއްޖެ ކަމަށް އެއްވެސް ސަރުކާރަކުން ކިޔާނެ ކަމެއް ނެތް ކަމަށެވެ. އަދިއެއް އެކަން ނުނިމޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް