ދާންދޫގައި ޢުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ 4 ޑޯޒު ޖަހައިފި

ގއ. ދާންދޫގައި ޢުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ 4 ޑޯޒު ޖަހައިފިއެވެ. "ގާފު އޮންލައިން" ގައި ބުނެފައިވަނީ އެ މައުލޫމާތު އިތުބާރުހުރި މަސްދަރަކުން އެ ނޫހަށް ލިބިފައިވާ ކަމަށެވެ. ކ...

09 Feb 2022 | 18:57

ގއ. ދާންދޫގައި ޢުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ 4 ޑޯޒު ޖަހައިފިއެވެ.

"ގާފު އޮންލައިން" ގައި ބުނެފައިވަނީ އެ މައުލޫމާތު އިތުބާރުހުރި މަސްދަރަކުން އެ ނޫހަށް ލިބިފައިވާ ކަމަށެވެ. ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާފައިވަނީ އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކަމަށާއި އެމީހާ އެރަށު ހެލްތް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އެރަށު ސިއްޙީ މަރުކަޒުގެ ވެރިޔާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ ރަސްމީ ބަހެއް މިހައިތަނަށް ލިބިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ދާންދޫގައި ހުންނަ އެޗްޕީއޭގެ ފޯކަލް ޕޮއިންޓު އަދި ރަށު ކައުންސިލްގެ މެމްބަރު، އަޙްމަދު އިބްްރާހިމް މިކަން ސިއްރު ކުރަން އުޅޭ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް