ރިޝްމީ އާއި ރަވީ ވަކިވެއްޖެ

ފިލްމީ ތަރި އައިޝަތު ރިޝްމީ އާއި ފިލްމީ ތަރި އަދި ނެށުންތެރިޔާ ރަވީ ފާރޫގް ގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރިޝްމީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައެވެ. މި ޕޯސްޓ...

09 Feb 2022 | 18:40

ފިލްމީ ތަރި އައިޝަތު ރިޝްމީ އާއި ފިލްމީ ތަރި އަދި ނެށުންތެރިޔާ ރަވީ ފާރޫގް ގެ ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރިޝްމީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ރިޝްމީ ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ދެމީހުން ކައިވެނި ކުރީ ދެ ބައިވެރިންނަށްވެސް އެންމެ ފުރިހަމަ ބައިވެރިޔާ ލިބުނީ ކަމަށް ބަލައިގެން ކަމަށެވެ.

"ގިނަ ކަންތައްތަކެއް މި ދެ އަހަރު ދުވަހުގެ ތެރޭގައި އެކުގައި ތަހަންމަލު ކޮށްފީމު، އެހެން މީހުންނެކޭ އެއްފަދައިން އަހަރެމެންވެސް މިވަނީ މި ޕެންޑެމިކާއެކު ބޮޑެތި ބަދަލުތަކެއް އައިސްފައި" ރިޝްމީގެ ޕޯސްޓްގައި ބުނެފައިވެއެވެ.

މި ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އެހެންކަމުން ރަނގަޅަކަށް ކަމަށް ބަލައި ދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުމަށް ދެމީހުން ނިންމާފައިވާކަމަށެވެ.

"އުންމީދު ކުރަނީ ރަހުމަތްތެރިންގެ ގޮތުގައި އަދި މަސައްކަތުގެ މާހައުލުގައި (ކޮލީގުންގެ ގޮތުގައި) ތިބުން" ރިޝްމީ ބުނެފައިވެއެވެ.

https://www.instagram.com/p/CZxB0lbBShE/

އިތުރަށް ބުނެފައިވަނީ މިއީ ޒާތީ އަމިއްލަ ކަމެއް ކަމަށާއި މި ނިންމުމަށް އިހުތިރާމުކުރުމަށް އެދޭކަމަށެވެ. އަދި މިކަން ސޯޝަލް މީޑިއާގައި ހާމަކުރީ ވަކިވެގެންދާ މި ދަނޑިވަޅުގައި އެންމެންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ފޮނި އުންމީދުގައި ކަމުގައިވެސް ރިޝްމީ ބުނެފައިވެއެވެ.

ރިޝްމީ އާއި ރަވީ ކައިވެނިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް