އިއްޔެ އިތުރު 266 ދޫނި ނައްތާލާނެކަމުގެ މެސެޖު ފޮނުވިކަމާއި، އިއްޔެ އެކަނި ނައްތާލި ދޫނިތަކުގެ އަދަދު 400 އަށް އަރާނެ ކަމުގައި ބެލެވިއްޖެއެވެ.
އިއްޔެ އެންމެ ފުރަތަމަ ފެންމަތިވީ ޕެޓް މާސްޓަރ އިން އެތެރެ ކުރި 130 ދޫންޏެއް ނައްތާލި ވާހަކައެވެ.
ހަމަ އެއާއެކު އެ ދޫނިތައް ނައްތާލި އިރު 266 ދޫންޏެއް ނައްތާލަން މެސެޖުކުރިކަން މިހާރު މިވަނީ ފެންމަތިވެފައެވެ. އެ ދޫނިތަކާއެކު ނައްތާލިކަމަށް ބެލެވެނީ ފުރަބިތު ޕެޓްސް އެންޑް އެކުއޭރިއަމުން އެތެރެކުރި 266 ދޫންޏެކެވެ. އެ ކުންފުންޏަށް ފޮނުވި ނޯޓިސް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު އެ ކުންފުނީގެ ޕޭޖުގައިވެސް މިފަދަ މައުލޫމާތެއް ލިޔެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ 266 ދޫނިވެސް ނައްތާލީ ހަމަ އެއްވަގުތެއްގައެވެ. މިކަމުގައި މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބޭތީ މި އަދަދު ކަށަވަރެއް ނޫނެވެ.
ދުވަހަށް މައުލޫމާތުދެމުން ފުރަބިތުން ބުނީ އެމީހުންނަށް އެ މެސެޖު ލިބުނު ކަމަށާއި ނަމަވެސް ނައްތާލިކަން އެމީހުންނަށް ސީދާ ކަށަވަރު ނުވާކަމަށެވެ.
ދުވަހަށް އިތުރަށް މައުލޫމާތު ލިބިފައިވާގޮތުގައި ޖުމްލަ ހަތަރު ބަޔަކު އެތެރެ ކުރި ދޫނިތަކެއް އިއްޔެ ނައްތާލާނެކަން މެސެޖު ކުރިއެވެ. އެއް ބަޔަކީ ޕެޓް މާސްޓާސް އެވެ. އަނެއް ބަޔަކީ ފުރަބިތެވެ. އަދި މީގެ އިތުރުންވެސް ދެ ބަޔަކަށް މެސެޖު ކުރިކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް