މިނިސްޓަރ މަހްލޫފުގެ ޝަރީޢަތް މާދަމާ މެންދުރަށް ތާވަލުކޮށްފި

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ ޝަރީޢަތް މާދަމާ މެންދުރަށް ތާވަލުކޮށްފިއެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާއެވެ. ކުރިމ...

09 Feb 2022 | 15:40

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ ޝަރީޢަތް މާދަމާ މެންދުރަށް ތާވަލުކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މިނިސްޓަރ މަހްލޫފުގެ ޝަރީޢަތް މާދަމާ ތާވަލުކޮށްފައިވަނީ މެންދުރުފަހު 1:30 އަށެވެ.

އެ މައްސަލަ މަޑުޖައްސާލާފައިވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ކޯޓުގެ އޮފިސަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީއެވެ. އެހެންނަމަވެސް ކޯޓު އޮފިސަރު ކޮވިޑުން މިހާރު ރަނގަޅުވެފައިވާތީ އާއި ކޯޓުގެ ގިނަ މުވައްޒަފުން ބޫސްޓަރ ޑޯޒްވެސް ޖަހާފައިވާތީ މަހުލޫފުގެ ޝަރީއަތް އަލުން ބާއްވަން ކޯޓުން ނިންމީ މިދިޔަ ހަފުތާގައެވެ.

ޕީޖީ އޮފީހުން މަހުލޫފުގެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

ދައުލަތުގެ ފަރާތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު، އޭރު ސަރުކާރާ އެއްކޮޅަށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީއެވެ.

އެ ފައިސާއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް