ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ...

09 Feb 2022 | 15:30

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބާއްވާ މި އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

އެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެއީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާތީއެވެ.

މި މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން ކުރިމިނަލް ކޯޓުން ހަމަޖައްސާފައިވަނީ އަންނަ ޖޫން 30 ވަނަ ދުވަހުއެވެ. އަދި ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުން އެދުވަހި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޚިޔާނާތުގެ ދެ ދާއުވާއެއް ދައުލަތުން ކޮށްފައިވެއެވެ.

އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް