ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފުރަތަމަ ސެލޫން ހުޅުވައިފި އެވެ.
އަލަށް ހުޅުވާފައިވަނީ "ޝިޔާ ސެލޫން" އެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި ސެލޫން ހުޅުވާފައިވަނީ ހިޔާ ފްލެޓުތަކުގެ އެޗް 15 ގައި ކަމަށެވެ.
އެތަނުން އެ ކުންފުނީގެ މާލޭ ސެލޫން އިން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ބޯކޮށުމާއި، މަސާޖާއި، ފޭޝިއަލް ހެދުން ފަދަ ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ.
މި ސެލޫންއިން އަންހެން އަދި ފިރިހެނުންނަށް ހިދުމަތް ލިބޭނެ އެވެ. އަދި ސެލޫން ޑިޒައިންކޮށްފައިވަނީ ފަސޭހަ ކަމާއި އެކު ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ގޮތަށެވެ.
ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެތަނުގައި އާންމު ހިދުމަތްތަކަށް ހާއްސަކޮށް ހުރިހާ ޓަވަރެއްގެ ގްރައުންޑް ފްލޯ ވަނީ ކުއްޔަށް ދީފަ އެވެ. އެ ތަންތަނުގައި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓާއި، ސެލޫން، ޤުރުއާން އަދި ޓިއުޝަން ސެންޓަރުތަކުގެ އިތުރުން ކްލިނިކް ތަކާއި ފާމަސީތައް ހަދާނެ އެވެ.
އަދި އެޗްޑީސީން މިހާރު ވަނީ ހިޔާ ފްލެޓުތައް ސަރަހައްދުގައި ކުޑަކުދިންގެ ޕާކުތަކާއި ކަސްރަތު ޕާކުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް