އިންޑިއާ އައުޓް ކިޔުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅަން ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިސްވެ އޮވެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރަމުންދާ ކެމްޕެއިނެކެވެ. އެމްއެންޑީފުން މީގެ ކުރިން ބުނީ ރާއްޖޭގައި އިންޑީއާގެ75 ސިފައިން ގާއިމްވެ އެބަތިބި ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މީޑިއާގައި ވިދާޅުވީ އެ ބިލް ހުށަހަޅަން ފާސްކުރީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. ފާސްކުރީ މި ބިލުގެ ޑްރާފްޓް މިހާރު އޮތް ގޮތަށް މަޖިލީހަށް ހުށަހަޅައިގެން، ކޮމެޓީ މަރުހަލާގައި މިއަށް އިތުރު ގެންނަން ޖެހޭ ކަމަށް ފެންނަ ބަދަލުތައް ގެނެސްގެން ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ތައްޔާރުވަމުން ދަނީ އަންނަ ހަފްތާގައި މި ބިލް މަޖިލީހަށް ހުށަހަޅާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް