ޒަހަމްތަކަކާއެކު ލަންކާގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް ހަދައިފި

ޒަހަމްތަކަކާއެކު ލަންކާގައި މަރުވެފައި އޮއްވާ މިދިޔަ ހޮނިހިރު ދުވަހު ފެނުނީ އުމުރުން 23 އަހަރުގެ އަފްހާމް ނަސީރެވެ. މަރުވެފައި އޮތް އަފްހާމްގެ ހަށިގަނޑު ފެނިފައިވަނީ ލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައ...

09 Feb 2022 | 13:00

ޒަހަމްތަކަކާއެކު ލަންކާގައި މަރުވެފައި އޮއްވާ މިދިޔަ ހޮނިހިރު ދުވަހު ފެނުނީ އުމުރުން 23 އަހަރުގެ އަފްހާމް ނަސީރެވެ. މަރުވެފައި އޮތް އަފްހާމްގެ ހަށިގަނޑު ފެނިފައިވަނީ ލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުންނެވެ.

އަފްހާމް މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވެގެން އޭގެ ކުރީ ދުވަހުން ފެށިގެން ހޯދަމުންދަނިކޮށެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ލަންކާގައި ނިޔާވެފައިވާ ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ވަނީ ހަދާފައި ކަމަށާއި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

https://twitter.com/dhuvasmv/status/1490072241358487559

އާއިލާގެ ފަރާތުން މިރޭގެ ވަގުތެއްގައި ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް