ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުރި ގޯތިތަކަށް211 ބީލަން ހުށަހަޅައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލީ60 ގޯއްޗެވެ. އޭގެ ތެރެއިން މިއަދު ބީލަން ހުށަހެޅުން އޮތީ ބީޗް ފްރަންޓްގެ 26 ބިމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް މާޖިދު ކިޔާ މީހަކު ވަނީ އަކަފޫަކަށް10 މިލިއަން ރުފިޔާ ހުށަހަޅާފަ އެވެ. މި ބިންތަކުގެ ފަށާ އަގަކީ އަކަފޫޓަކަށް3،900 ރުފިޔާ އެވެ.
އެޗްޑީސީން ވަނީ އެ މައުލޫމާތާއި އޭނާގެ ޝަރުތުތައް ހަމަވާތީ އެއީ ސައްހަ އަގެއް ކަމަށް ކަނޑައަޅާފަ އެވެ.
ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވަނީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. މީގެ ތެރެއިން ބާކީ 34 ބިން ވިއްކާނީ ބީޗް ސައިޑުން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 16 ގަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އެއް ލައްކަ ހެކްޓަރުގެ ބިން 42 މީހަކަށް ވިއްކި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް