ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ލޮނުފެން މީރުފެނަށް ބަދަލުކުރާ މައިކްރޯގްރިޑް ޕްލާންޓްތައް ރާއްޖެއަށް ގެނެސްފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ބުނެފިއެވެ.
އެ އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޑީސެލިނޭޝަން ޕްލާންޓްތައް ގެނައީ އިއްޔެ ކަމަށެވެ.
އަދި އެއީ ލޮނުފެން މީރުފެނަށް ބަދަލުކުރާ މައިކްރޯގްރިޑް ޕްލާންޓުތަކެއް ކަމަށް ވެސް އެ ޓުވީޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޓްވީޓުގައި ބުނީ މި ސާމާނު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކ.ކާށިދޫ، ޅ.އޮޅުވެލިފުށި، އަދި ރ.އަލިފުށީގައި ކަމަށެވެ.
އަދި މި އެހީގެ ސަބަބުން އެރަށްރަށަށް ދިމާވެފައިވާ ސާފު ބޯފެނުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް އެ އެމްބަސީން ބުނެފައި ވެއެވެ.
މިއީ ދާދި ފަހުން ރާއްޖެ ޒިޔާރަތްކުރެއްވި ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި ހަދިޔާކުރަން ނިންމެވި ސާމާނުގެ ތެރެއިން ބައެކެވެ.
ރާއްޖޭގެ ތަރައްޤީއަށް ޗައިނާ އިން ދަނީ އެކި އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެމުންނެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ މިއަހަރަަށް 50 އަހަރުފުރޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް