ފީއަކާނުލާ ކުޑަކުދިންގެ އިސްތިއުނާފް ބަލަނީ

ފީއެއްނެގުމަކާ ނުލާ ކުޑަކުދިންގެ ފަރާތުން އިސްތިއުނާފްކުރާ މައްސަލަތައް ހައި ކޯޓާއި ސުޕްރީމް ކޯޓުން  ބަލައިގަންނަގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ. މީގެކުރިން މިފަދަ މައްސަލައް ބަލަނީ ރަޖިސްޓ...

09 Feb 2022 | 10:07

ފީއެއްނެގުމަކާ ނުލާ ކުޑަކުދިންގެ ފަރާތުން އިސްތިއުނާފްކުރާ މައްސަލަތައް ހައި ކޯޓާއި ސުޕްރީމް ކޯޓުން  ބަލައިގަންނަގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މީގެކުރިން މިފަދަ މައްސަލައް ބަލަނީ ރަޖިސްޓްރޭޝަން ފީއަކާ ނުލައެވެ. އެގޮތުން ހައި ކޯޓުގައި އިސްތިއުނާފް ކުރާ ނަމަ، 300ރ. ފީއެއް ދައްކަން ޖެހޭއިރު ސުޕްރީމް ކޯޓުގައި ނަމަ، 500ރ. ފީއެއް ދައްކަން ޖެހެ އެވެ. އަދި ދައުލަތުން އިސްތިއުނާފް ކުރިޔަސް، އެ ފީ ދައްކަން ޖެހެ އެވެ.

ސްޕްރީމް ކޯޓުން އިއްޔެގައި އާންމު ކުރި ގަވާއިދުގައިވާ ގޮތުން ކުށްކުރާ ކުޑަކުއްޖެއްގެ މައްސަލަ އިސްތިއުނާފްކުރީ އެ ކުއްޖާގެ ފަރާތުން ކަމަށްވާ ނަމަ، އިސްތިއުނާފް މައްސަލަ އެއްވެސް ފީއަކާ ނުލައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭނެ އެވެ.

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ބެލުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން އިއްޔެ އާންމުކުރި ގަވާއިދުގައިވާ ގޮތުން ކުށްކުރާ ކުޑަކުއްޖެއްގެ މައްސަލަ އިސްތިއުނާފްކުރީ އެ ކުއްޖާގެ ފަރާތުން ކަމަށްވާ ނަމަ، އިސްތިއުނާފް މައްސަލަ އެއްވެސް ފީއަކާ ނުލައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭނެ އެވެ. އެކަމަކު ދައުލަތުން އިސްތިއުނާފްކުރާ އެފަދަ މައްސަލަތަކުގައި ފީ ނުނެގޭނެ ކަމަކަށް އެ ގަވާއިދުގައި ނެތެވެ.

މީގެ އިތުރުން މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގެ ކޮޕީއެއް ވެސް އެއްވެސް ފީއަކާ ނުލައި ކުއްޖާއަށް ދޫކުރަން އެ ގަވާއިދު ލާޒިމް ކުރެ އެވެ. ނަމަވެސް އެ ގަވައިދުގައިވާ ގޮތުން ރިޕޯޓްގެ އަސްލު ދޫކުރާވާހަކައެއް ނެތެވެ.

އެ ގަވާއިދުގައިވާ ގޮތުން އެފަދަ މައްސަލަތަކުގެ އިސްތިއުނާފް ކޮންމެ މަރުހަލާއެއް ވެސް ހަ މަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި މައްސަލަ ނުނިމިއްޖެ ނަމަ، ލަސްވި ސަބަބެއް ކުއްޖާގެ ބެލެނިވެރިޔާ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެންގުމަށްފަހު އިތުރު ހަ މަސް ތެރޭގައި އެ މައްސަލަ ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ. އެކަމަކު ކޯޓު އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

މީގެ ކުރިން ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގެ އިސްތިއުނާފް ޝަރީއަތްތައް ތާވަލް ކުރަން ޖެހޭނީ ސްކޫލަށް ދާ ކުއްޖެއް ނަމަ، ސްކޫލަށް ދާ ވަގުތުތަކަށް ދަތިނުވާނެ ގޮތަކަށް ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް