ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ ވޯޓު ނަގާ ދުވަހާއި ގަޑި ބަދަލުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި ފަސްކޮށްފިއެވެ. ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުން...

09 Feb 2022 | 08:58

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި ފަސްކޮށްފިއެވެ.

ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލެވެ.

މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (4)، (5)، (6) އަދި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން މި ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު، ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ފެބްރުވަރީ 24 ވާ ބުރާސްފަތި ދުވަހުގެ 09:00 އިން 12:00 އަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2022 ފެބުރުވަރީ 08 ވާ އަންގާރަ ދުވަހު ވަނީ ޢާންމުކޮށްފައެވެ.

މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު http://www.gazette.gov.mv އާއި މިމިނިސްޓްރީގެ ވެބްސައިޓު http://gender.gov.mv/ އިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2022 ފެބުރުވަރީ 08 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ.

ޝަކުވާ ފޯމު މިނިސްޓްރީ ވެބްސައިޓުންނާއި ދިވެހިސަރުކާރުގެ ގެޒެޓްއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް