ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލައިފައިވާ މަންޒަރު ފެނިފައި ރޭގައި ވަރަށް އުނދަގޫވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅުއުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިވާ މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކުރުމުގެ ބިލެވެ.
އިއްޔެގައި އެންމެ ހޫނު ހަބަރަކަށް ވެގެން ގޮސްފައިވަނީ، ގަވާއިދާ ހިލާފަށް އެތެރެ ކުރި 130 ދޫނި މަރާލި މައްސަލަ އެވެ. އަދި މީގެ ތެރޭގައި ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ދޫނި ވެސް ހިމެނެއެވެ.
'' އަޅުގަނޑަށް ވަރަށް އުނދަގޫވި އެ މަންޒަރުތައް ފެނިފަ. އަދިވެސް އަދިވެސް ފެނޭ. އަޅުގަނޑަކަށް އެއްގޮތަކަށް ނުވެސް ވިސްނުނު އެ މަރާލަން ޖެހުނު ސަބަބެއް'' އީވާ ވިދާޅުވިއެވެ.
ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން އީވާ ވިދާޅުވީ ގަވާއިދާ ހިލާފަށް ދޫނިތަށް އެތެރެކުރިޔަށް އިންސާނަކު ކުށްކޮށްގެން އެ ޖަނަވާރަށް އެހެން ހަދަން ނުޖެހޭކަމަށެވެ.
އިއްޔެގައި ހަބަރުން އެ މަންޒަރުތައް ފެނުނުނަމަވެސް، ފެށުނީސް ސުރެ އަބަދުވެސް ކަން ކުރަނީ މިގޮތަކަން އީވާ ވިދާޅުވިއެވެ. ނަމަވެސް ފެށުނީސް ސުރެ ކަން ކުރަމުން އައިގޮތް ނަމަވެސް މިގޮތަށް އަބަދު ކުރަން ނުޖެހޭ ކަމަށެ އޭނާ ވިދާޅުވިއެވެ.
އިވާ ވިދާޅުވީ އެއީ އަބަދު ކަން ކުރަމުން އަންނަގޮތޭ ކިޔާފަ ވަޒީރަށް އެހެން ވިސްނުމެއް ނުގަނެވި، މިއަދގެ ސަރުކާރުގެ ވަޒީރަކު އެޓާނިޓީ ޖެނަރަލް ގެ ލަފަޔަކަށް އެދެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
'' އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ހަޖަމެއް ނުކުރެވޭ އެ ދޫނިތަށް މަރާލަންޖެހުނު ސަބަބެއް" އީވާ ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި ބަހުސްކުރަމުން އީވާ ވިދާޅުވީ އެއްދުވަހު ، ޖަނަވާރުންނަށް އަނިޔާނުކުރާށޭ ކިޔާފަ، އަނިއްދުވަހު އަޅުގަނޑުމެނަނަށް އެކަމާބެހޭ ގާނޫނެއް އޮންނާނޭ ކިޔާފައި ކަންކުރަން ޖެހޭ ގޮތެއްނޫން ކަމަށް އީވާ ވިދާޅުވިއެވެ.
އިވާ އިތުރަށް ވިދާޅުވީ ފެށުނީސް ސުރެ ޖަނަވާރު މެރުމަކީ ހައްލެއް ކަމަށް ފެނިގެން އެކަން ކުރާސަބަބު އަޅުގަނޑުމެން ބަލަން އެބަޖެހޭކަމަށެވެ. އެހެންކަމުން އެ މެރުން ނޫން ކަމެއް ހޯދަން އެބަޖެހޭކަމަށް އިވާ ވިދާޅުވިއެވެ.
އެންމެ ކުރިން ފެށިގެން މިކަން މިގޮތަށް ކުރި ނަމަވެސް ރައްޔިތުން މަޖިލީހަށް މި މައްސަލަ ވައްދާފައި ވަނީ މިއަދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް