ވެލާ ކަހަނބުގެ ސާވޭއަށް އީޕީއޭއިން ދޯންޏެއް ހޯދަނީ

ވެލާ ކަހަނބުގެ ސާވޭއަަކަށްް ދޯންޏެއް ހޯދަން އީޕީއޭއިން އިއުލާނު ކޮށްފިއެވެ. އީޕީއޭން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ އެ އެޖެންސީން ކުރިޔަށް ގެންދާ ވެލާ ކަހަނބުގެ ސާވޭއެއްގެ މަސައްކަތް ކުރުމަށް މާލެ އަ...

09 Feb 2022 | 08:39

ވެލާ ކަހަނބުގެ ސާވޭއަަކަށްް ދޯންޏެއް ހޯދަން އީޕީއޭއިން އިއުލާނު ކޮށްފިއެވެ.

އީޕީއޭން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ އެ އެޖެންސީން ކުރިޔަށް ގެންދާ ވެލާ ކަހަނބުގެ ސާވޭއެއްގެ މަސައްކަތް ކުރުމަށް މާލެ އަތޮޅާއި މ. އަދި ވ. އަތޮޅުގެ ސަރަހައްދުތަކަށް ދަތުރު ކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހު އީޕީއޭ އަށް އަންދާސީ ހިސާބު ހުށައެޅުމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް ޖެހިގެން އަންނަ ރަސްމީ ދުވަހު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ގެޒެޓްކޮށްފައިވާ އިއުލާނުގައި ބިޑްގައި ހިމެނަން ޖެހޭ ކަންކަން ވަނީ ތަފްސީލު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް