ސަލްމާން މިސްކިތުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވަނީ

ސައުދީ ރަސްގެފާނުގެ ހަރަދުގައި މާލޭގައި ބިނާ ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ބައެއް މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާ މުއްދަު މިއަދަށް ހަމަވާނެ އެވެ. އިސްލާމިކް މިނިސްޓްރީން ކޮ...

09 Feb 2022 | 07:27

ސައުދީ ރަސްގެފާނުގެ ހަރަދުގައި މާލޭގައި ބިނާ ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ބައެއް މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާ މުއްދަު މިއަދަށް ހަމަވާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ވަކިވަކި އިއުލާންތަކެއްގައި ވަނީ ސަލްމާން މިސްކިތުގެ ހަތަރު މަގާމަކަށް ހަތް މީހަކު ހޯދަން އިއުލާން ކޮށްފައެވެ.

އެގޮތުން މި މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

އަދި  އިއުލާންކޮށްފައިވާ މަގާމުތަކާއި ބޭނުންވާ އަދަދު ކަމުގައި ބުނެފައި ވަނީ 4 މަސައްކަތު މީހުނާއި، އައިޓީ ޓެކްނީޝަނަކާއި، އިންޖިނިއާ އަކާއި، ޓެކްނީޝަނަކަށެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ސަލްމާން މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގައެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭއިރު އެކިއެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް