ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒު (ބޫސްޓާ ޑޯޒް) މިހާރު އެޕޮއިންޓްމެންޓާ ނުލައި މާލެ ސަރަހައްދުން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެެފިއެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ ވެކްސިން ސެންޓަރުތަކުން އެޕޮއިންޓްމެންޓް ނެތި މިހާރު ވެކްސިން ޖެހޭނެ ކަމަށެވެ. ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.
މީގެ ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން އަންނަނީ ވެކްސިން ސެންޓަރަކުން އެޕޮއިންޓްމެންޓް ހައްދައިގެންނެވެ.
ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން އަންނަނީ ފައިޒާ ވެކްސިނެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ވަނީ 95،048 މީހުން ވެކްސިންގެ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައެވެ.
ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެންފެށުމުން ރާއްޖެއަށް ހުޅުވާލައިގެންް ބޫސްޓަރ ޑޯޒު ޖަހަން ފަށާފައި ވެއެވެ.
މިގޮތުން ވެކްސިންގެ ޑޯޒުތައް ފުރިހަމަވީކަމަށް އެޗްޕީއޭ އިން މިހާރު ބަލަނީ ވެކްސިންގެ ބޫސްޓާ ޑޯޒު ފުރިހަމަ ކުރުމުންނެވެ.
އެޗްޕީއޭ އިން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައި ތިބި މީހުންގެ ކަރަންޓީނަށް ލުއި ދޭން ފަށައިފަ އެވެ.
އެގޮތުން ޑައިރެކްޓް ކޮންޓެކްޓުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ ގޮތަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
ކޮވިޑްގެ އަލާމާތްތައް ހުރެއްޖެނަމަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. ނަތީޖާ ލިބެންދެން އެމީހަކު ކަރަންޓީނުވާން ޖެހޭނެއެވެ. ނަަމަވެސް ބަލި ޖެހިފައި ހުރި މީހަކާ އެކީ އުޅޭނަމަ އެމީހާ ކަރަންޓީނުގައި ހުންނަ މުއްދަތުގައި ޑައިރެކްޓް ކޮންޓެކްޓުން ވެސް ކަރަންޓީނުވާން ޖެހޭނެކަމުގައި އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް